←
Ahmed Shamheed7,321 posts
Ahmed Shamheed avatar

Ahmed Shamheed

@Ashamhyd

Maldivian Democratic Party MP for Hulhumale South. Civil Engineer, Project Manager, PhD i

◷ Joined September 2011▧ 93 Photos and videos
Ahmed Shamheed avatar
Ahmed Shamheed@Ashamhyd·Nov 17

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޕޯޓުގެ ކުރެހުމެއް ކަމަށް ބުނެ ޢާންމުކޮށްފައިވާ ފޮޓޯގައި ފެންނަނީ ހޯރަފުށީ އެއާޕޯޓުކަމަށް ބެލެވެއެވެ. ނަމަވެސް އެއަރޕޯޓާއި ގުޅިފައިވާ ހޯރަފުށި ފެންނަން ނެތުމަކީ ގިނަ ސުވާލުތަކެއް އުފެދޭ ކަމެކެވެ. ބޮޑަށް ޤަބޫލުކުރެވެނީ މިއީ ހޯރަފުށީ އެއާޕޯޓުގެ ފޮޓޯއެއް ބޭނުންކޮށްގެން، އޭއައި މެދުވެރިކޮށް އުފައްދާފައިވާ ކުރެހުމެއްހެން. މިޕޯޓް ކުރަހާފައިވާ ފަޅާއި ވައްތަރު ފަޅެއް އިހަވަންދިއްޕޮޅުން ފެންނާކަށް ނެތް. މިފަދަ ކަންތަކުން ވެއްޓިގެން ދަނީ ދިވެހި ދައުލަތުގެ ހައިބަތު. ދައުލަތަކީ ޖޯކަކަށް ވެގެން ނުވާނެ. މި ވަޒީރު އިސްވެހުރެ، އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް މިހާތަނަށް 10 އެއްބަސްވުމެއްގައި ސޮއިކޮއްފައިވޭ.

Post attachment

އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރަން ޔޫއޭއީގެ ކުންފުންޏަކާއެކު ސޮއިކޮށްފި adhadhu.com/89957

Ahmed Shamheed avatar
Ahmed Shamheed@Ashamhyd·Nov 4

ދިވެހި ރުފިޔާގެ އަގުވެއްޓި ކަޅުބާޒާރުގަ ޑޮލަރުގެ އަގު އުފުލެމުންދާ ދިއުމުގަ އިގުތިސާދީ ވަޒީރު ސައީދު ކުރިން ދެއްކެވި ވާހަކަ ހަގީގަތަކަށް ނުވެ، ވަޒީރު ފެއިލް ވެފައިވާ ކަމަށް އެމްޑީޕީ އިން ތުހުމަތު ކުރުމުން، އޭގެ ޖަވާބުގަ މިނިސްޓަރ ވިދާޅުވީ އެއީ އެމަނިކުފާނާއި އަދި ސަރުކާރުވެސް ޒިންމާވާންޖެހޭ ކަމެއް ނޫންކަމަށް.

1:36
Mauroof-TEAM avatar
⟳ Ahmed Shamheed retweeted
Mauroof-TEAM@MateyZakir·Nov 3

ނަޞްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި އަޚުންނާއި އުޚުތުންނަށް އަރިސްކުރަން.

Ahmed Shamheed avatar
Ahmed Shamheed@Ashamhyd·Nov 3

ނޮވެމްބަރ 3 ވެނެ ދޮހާ ބައްޕާނެ ހެދެނެ ހުރޫ ވިލިގިއްލެޓެ. އަހަނެ ފޮރޯދާޑެ ހިފެނެ ތިބެއި ބައްޕާނެ އަބެރޭ ބާއްޔާ. ދެން އެއްގަމެޓެ އަރޭ ބައްޕާނެ ބޮނޫ މާލެއެޓެ ބޭރެ ބައިކެނެ އަރޭ ބަޑިޖަހައި މާލެއާ ހިފެންނެ ބައޮޅެތާއޭ. ދެން ބިރެޓެ ފޮރޯ ދާޑު ހިފުމާ ހުއްޓޭލެއިގެޔޯ ގޭދެރެޓެ. އެދޮހާ ރަހެޓެ އާއި އިރުވާހުދާ ހިފެނެ ހިތެކެސް ނުވީ. މާލޭ ހަބަރެ އަހަންނެޓެ އެދޮހާ ލެބެންނޫ ދޯނިޔެ ޓޯކީއެން. އަހަންނެގެ ގޭދެރެ ޓޯކިޔެން ހަބަރެ އަހަންނެ ރަޓު ވަރެޓެ ގިނަމީހެނެ ތިބެއި، ރަޓު އޮފީހުން ގޮވޭލިއާ ރަޓު އެންމެނެ މިންދެރެ ނަމާދާޓެ މިސްކިދާޓެ އެޔެންނެ. މިންދިރެ ނަމާދާޓެ ބައްޕާނެ އެޔެމުން ގެޔޫ މާއި ހަވާލެ ކޮެއްލެއި އެގަޑިޔެ ޓޯކިން ލެބެނެ މައުލޫމާތެ އަޑެއަހަނެ. މަ އަޑެއަހަނެ ހުއްޓެއި ބޮނިއާ އިސްލާމީ މަރުކަޒު އެކެބައި އިންގިޔޯވެސް. މިއީ، މަގެ ނޮވެމްބަރ 3، 1988 ވަނަ އަހަރުގެ ހަދާނުން ބައެކެ. މިހާދީސާއިން ގައުމު ސަލާމަތް ކުރަން ގައުމީ ޖޯޝުގަ ނުކުތް ހުރިހާ ލޮބުވެތި ރައްޔިތުންނާއި، ޟަހީދުވި ބޭފުޅުންގެ ޒިކުރާ އާކުރަންޖެހޭ. ނަސްރުގެ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރަން.

Thayyib avatar
⟳ Ahmed Shamheed retweeted
Thayyib@thayyib·Nov 2

Mohamed Jinah | MDP - GM Veymandoo Seat.

Post attachment
Ahmed Shamheed avatar
Ahmed Shamheed@Ashamhyd·Oct 29

މިއީ 700 ހެކްޓަރުގެ، ނ. ދިގުފަރުފަޅުގައި ބޭރުމީހުން ދިރިއުޅެން ތަރައްގީ ކުރަމުންދާ ސިޓީއެއް. 
މިތަނަކީ ރާއްޖޭގެ އާންމު ގާނޫނު ނުހިނގާ ގޮތަށް އެސްއީޒެޑް ގާނޫނުގެ ދަށުން ތަރައްގީކުރާ ހާއްސަ ބޭރު މީހުންގެ ޓައުނެއް. މިތަނުގެ ވެރިންނަކީ ބޭރުމީހުން، މިތަނުގަ ކުރަން މަނާކަމެއް ގާނޫނުގައި ބަޔާން ކޮށްފައެއްނުވޭ. މިތަނުން ބިމުކުއްޔެއް، ޓީޖީއެސްޓީ އެއް،ލިބޭ ކަމެއްނޭންގޭ. މިތާންގައިދިރިއުޅޭ މީހުންނަށް ސުކޫލާއި، ހޮސްޕިޓާހުރޭ. މިޕޮރޮޖެކުޓްގެ ނުރައްކަލުގެވާހަކަ ލައްކަ ފަހަރު ދެއްކިއްޖެ. އަނެއްކާވެސް ހަދާން ކޮއްލަދެނީ. ރަސްމާލެއަށް ވެސް، އަދި އާއިލާ ޕޮރޮޖެކުޓަށްވެސް ދިރިއުޅެން މީހުން ހޯދަން ހަވާލް ކޮއްފައިވަނީ ބޭރުގެ ހެންލީ އެންޑް ޕާޓްނާސް ކިޔާ ކުންފުންޏަކަށް.

Post attachment
MDP Secretariat avatar
⟳ Ahmed Shamheed retweeted
MDP Secretariat@MDPSecretariat·Oct 29

ކައުންސިލްތަކުގެ ޙައްޤުތަކާއި މަޞްލަޙަތު ހިމާޔަތްކުރުމަށްޓަކައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުކަމަށް ޢަލީ ޡާފިރު 2✔️ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރުކަމަށް މަރްޔަމް ނީނާ 1✔️އަށް ވޯޓު ދެއްވާ! #councilthakugerahkalah #lgaboardelection2026

Post attachment
Ameen Faisal avatar
⟳ Ahmed Shamheed retweeted
Ameen Faisal@AmeenC01·Oct 25

ތަޢުލީމިދާއިރާ އާއި ސިއްޙީދާއިރާގެ މުވައްޒަފުންގެ އުޖޫރައާއި ގުޅުންހުރި މައްސަލައެއް އަޅާނުލާ އޮންނަތާ އަހަރަކަށްވުރެ ގިނަވެއްޖެ، ވެރިންނާ ޖެހުނީމަ މުސާރަބޮޑުކުރަން މި ނަގަނީ ހިނދުކޮޅެއް، ލަދުހަޔާތުގެ ކަންފުޅެއްވެސްނެތީ ވެރިކަންކުރާ ޕާޓީގެ.

sun.mv@sunbrkOct 25

Musaara bodukurumuge nimmumah MDP memberunge kanboduvun: ‘Ei ithuruvaa 40 million ruffiyaa’ sun.mv/229592 Follow us: Viber: invite.viber.com/?g2=AQBZHi5… Telegram: t.me/sun_mv #sunonline #seemv #news #sunonlineheadlines #latestnews #dhivehinews #maldivesnews

Post attachment
Ahmed Shamheed avatar
Ahmed Shamheed@Ashamhyd·Oct 25

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރަ އިތުރުކުރަން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ނެރޭ ނޫސް ބަޔާން.

Post attachmentPost attachment
Organized Crime and Corruption Reporting Project avatar
⟳ Ahmed Shamheed retweeted
Organized Crime and Corruption Reporting Project@OCCRP·Oct 14

The debt-distressed Maldives is poised to sell residency and luxury real estate on artificial islands, raising fears of a new offshore tax and money-laundering haven. buff.ly/esNDvyv

Ahmed Shamheed avatar
Ahmed Shamheed@Ashamhyd·Oct 16

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓާއި، އާންމު މައިޒާންތަކާއި ފާހާނާތައް ސަރުކާރަށް ނެގުމަކީ ބާރުތައް މަރުކަޒީކުރުމަށް ކުރަމުންދާ އަމަލުތަކަށް އިތުރުވި ބޮޅެއް. މީގެ ކުރިން ޤާނޫނަށް ބަދަލުުގެނެސް ޓްރެފިކް ބެލެހެއްޓުމުގެ ބާރާއި ވެހިކަލް ރަޖިސްޓްރީ ފީގެ އާމްދަނީ އަތުލުމަށްފަހު، މިހާރު ބިންތައް އަތުލައި ކައުންސިލްތަކުގެ ބާރު ކަނޑުވަން ހިންގާ މިފަދަ އަމަލުތައް ކުށްވެރިކުރަން.

މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސުގައި ހުރި މުހިންމު ހުރިހާ ބިމެއް ސަރުކާރަށް ނަގައިފި adhadhu.com/88440

Dr. Ahmed Shamheed avatar
⟳ Ahmed Shamheed retweeted
Dr. Ahmed Shamheed@DrAhmedshamheed·Oct 14

މިވަގުތު ރާއްޖެއަށް މި ދިމާވެފައިވާ ދަތިކަމާ ރަސްމާލެއާ ގުޅުން އޮތްކަން އެއީ ހުރިހާ ރައްޔިތުންނަށް އިނގޭ ޙަޤީޤަތެއް #drshamheed

1:58
avas avatar
⟳ Ahmed Shamheed retweeted
avas@avasmv·Sep 30

Hageegee maanaigai tharahgee beynunnama meehun binaakuran jehey: Shamheed avas.mv/156530

Post attachment
Dr. Ahmed Shamheed avatar
⟳ Ahmed Shamheed retweeted
Dr. Ahmed Shamheed@DrAhmedshamheed·Sep 26

"ދައުލަތުގެ އާމްދަނީ 200 މިލިއަނުން (2010 ވަނައަހަރުން ފެށިގެން) 4000 މިލިއަނަށް އެރިއިރުގައި މީހުން ބިނާ ކުރުމަށް މާބޮޑު ސަމާލުކަމެއް ނުދެވުނު، ވާޢުދުތައް ލުރަމުންދަނީ ވޯޓް ލިބޭނީ ކިހިނެއްތޯ؟ ހަޤީޤީމާނާގައި ތަރައްޤީއެއް ނުހިންގުނު" #drshamheed #shamheed #ahmedshamheed

2:07
Ahmed Shamheed avatar
Ahmed Shamheed@Ashamhyd·Sep 25

ރާއްޖޭގެ ސިޔާސީ މީހުންގެ އެންމެ ބޮޑު އެއް މައްސަލައަކީ ތިމާމެން ކުރީމާ ރަނގަޅުވެފައި، އަނެކަކު އެކަން ކުރީމާ ގޯސްވުން. އެނބޫދޫ ފަޅަކީ ރަސްމާލެއަށްވުރެ މާލެއާ މާ ކައިރި، މާ އަގުހުރި ތަނެއް. އެތަން އެންމެ 30 މިލިއަން ޑޮލަރަށް ވިއްކަން އުޅުނުއިރު އެތަނުން ލިބޭނެ ބިލިއަން ޑޮލަރުގެ ފައިދާ ބަޔާންކޮށް އޭރުގެ ވެރިންނަށް މެސެޖު ކުރިން، އެކަމަކު އަޑެއް ނޭހި! ކޮރޮސްރޯޑް ޕޮރޮޖެކްޓް ޑިއުޓީ މާފުކޮށްދީ، ސީދާ އެތަނަށް މުދާ ބޭލޭނެ ގޮތް ހަދައިދިނުމުން. ލިބުނު 30 މިލިއަނަށްވުރެ ދައުލަތުގެ މާލިއްޔާއަށް ވީ ގެއްލުން ބޮޑު. ކްރޮސްރޯޑްސް (އެނބޫދޫފަޅު) އަތުލަން ގޮވާނުލައި، ރަސްމާލެ ޑީލް ގޯސްކޮށް އެތަން އަތުލަން ވާހަކަ ދެއްކުމަކީ އެއްވެސް ހަމަޖެހޭ ވާހަކަ އެއްނޫން. ހަގީގަތަކީ ރަސްމާލެ ޑީލަށްވުރެ އެތައް ގުނައެއް ކްރޮސްރޯޑްސް ޑީލް ގޯސްކަން!

Post attachmentPost attachment

ރަސްމާލެ ޑީލަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް، ދެން އަންނަ ސަރުކާރަކުން ބާތިލުކުރާނެ: ޔާމީން adhadhu.com/87416

Dr. Ahmed Shamheed avatar
⟳ Ahmed Shamheed retweeted
Dr. Ahmed Shamheed@DrAhmedshamheed·Sep 24

"އަޅުގަނޑު އަބަދުވެސް ޤަބޫލު ކުރަނީ އަދި ހިތުގައި އޮންނަނީ ހުރިހާ ރަށެއްގެ ކުދިންނަށް އަޅައިލެވިޖިއްޔާ ޤައުމަަށް ގެންވިދާނެ ހެޔޮ ބަދަލާއި ގެނެވިދާނެ ތަރައްޤީ" #drshamheed #shamheed #ahmedshamheed

2:56