
ޝަރަފުއްދީން ސްކޫލުގެ ލިޓްލް މެއިޑް އަދި ސްޓަރ ދަރިވަރުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި. mndf.gov.mv/mndf/en/news-art…


ޝަރަފުއްދީން ސްކޫލުގެ ލިޓްލް މެއިޑް އަދި ސްޓަރ ދަރިވަރުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި. mndf.gov.mv/mndf/en/news-art…

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ސްކޫލުގެ ގްރޭޑް 1ގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކޮށްފި. mndf.gov.mv/mndf/en/news-art…

އަބޫ ދާބީ ކޮމްބެޓް ކްލަބް (އޭޑީސީސީ) މޯލްޑިވްސް މުބާރާތުގައި ވާދަކޮށް، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކުލާސް އިބްރާހީމް ނަޖާޙް، ރަން މެޑެލި ހާސިލުކޮށްފި. mndf.gov.mv/mndf/en/news-art…

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ޝަރަފުއްދީން ސްކޫލުގެ ގްރޭޑް 8،7 އަދި 9ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފި. mndf.gov.mv/mndf/en/news-art…

ޅ. ނައިފަރު އުތުރު ފަރާތު ފަޅުތެރޭގައި އޮތް ދޯންޏެއް ދިޔަވަމުން ދާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެ، އެ ދޯނިން ފެން ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފި. mndf.gov.mv/mndf/en/news-art…

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުންދާތީ، ފެން ހިންދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުން.

ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 15 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވޭ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސިފައިންގެ މަޖައްލާ، "އައްޑަނަ"ގެ 40ވަނަ އަދަދު ނެރެފި. mndf.gov.mv/mndf/en/news-art… އައްޑަނަ މަޖައްލާ ވިދާޅުވުމަށް: mndf.gov.mv/mndf/addana/file…

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހއ.ދިއްދޫގައި "މިލިޓަރީ ޑިސްޕްލޭ"އެއް ހުށަހަޅައިދީފި. mndf.gov.mv/mndf/en/news-art…

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިއްދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "ޝިޕް ވިޒިޓް" އިވެންޓް ކުރިއަށް ގެންގޮސްފި. mndf.gov.mv/mndf/en/news-art…

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އިފުތިތާޙުކުރުމަށް ބާއްވާ ރަސްމިއްޔާތުގައި، މިރޭ 21:00އާއި 23:00އާ ދެމެދު، މާލެ ދުވާ ޓްރެކް ދިމާ ބޭރުން މޫދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށް ޓަކައި ދަންނަވަން. ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓެއް ހާއިރު.

ވޭތުވެދިޔަ ހަފުތާގައި އެމްއެންޑީއެފް ކޯސްޓްގާޑުން، ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 63 މެޑިކަލް އިވެކުއޭޝަން ވަނީ ހަދައިދީފަ.

"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހއ.ދިއްދޫގައި މިއަދު ހުޅުއްވައިދެއްވައިފި mndf.gov.mv/mndf/en/news-art…


ވ.ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރި 'ކީސާ' ދޯނީގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި. mndf.gov.mv/mndf/en/news-art…

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމަށާއި ވެލި ބަސްތާޖެހުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަދި މާލޭ އޭރިއާ ކޮމާންޑުން ދަނީ ހަރަކާތްތެރިވަމުން.