
މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދާއި އެ ކުންފުނީގެ ބައެއް އިސްވެރިން، ވަނީ މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު އަދި ކުންފުނީގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވާފައި. މި ބައްދަލުވުމުގައި ވަނީ ދެ ކުންފުނި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކުރިމަގުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި.















































