
ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މާލޭ ކޯޓް ކޮންޕްލެކްސް އިމާރާތުގެ ބިންގާ އަޅައިފި. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުއެވެ. އަދި އުއްތަމަފަނޑިޔާރުގެ އަރިހުގައި މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ޖޭއެސްސީގެ ރައީސް އަލްއުސްތާޛު ޙުސްނީ މުބާރަކް އަދި އެމްޓީސީސީގެ އެމްޑީ އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވި މި މަޝްރޫޢުގެ ދަށުން ކްރިމިނިލް ކޯޓް، ސިވިލް ކޯޓް، ފެމިލީ ކޯޓް، ޑްރަގް ކޯޓް، ޖުވެނައިލް ކޯޓް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ބޭނުންވާ ޖާގަ ތަރައްޤީކުރެވިގެންދާނެ






















