
ދެން އޮތީ މަސައްކަތް ކުރުން، މަސައްކަތުގެ ދުވެލި އަވަސްކުރުން - ރައީސް @MMuizzu 👏

@chelseafc for life. Tweets are my personal opinions. RTs ≠ endorsements. Pro Maldives 🇲🇻

ދެން އޮތީ މަސައްކަތް ކުރުން، މަސައްކަތުގެ ދުވެލި އަވަސްކުރުން - ރައީސް @MMuizzu 👏


‘ދިވެހީންގެރާއްޖެ’ 2040 ގެ ތަސައްވުރު ދިވެހީންގެ ސަރުކާރަށް ކާމިޔާބު 3 އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ފަޚުރުވެރި، އުފާވެރި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ @MMuizzu ، އެމަނިކުފާނު މިޤައުމު ބިނާކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ، އަދި ހޯއްވައިދެއްވަން މަސައްކަތްކުރައްވާ ދިވެހީންގެރާއްޖެއަކީ ކޮބައިކަން، ކުރެހުމަކުން، ވަރަށް ސާދާ ސާފު ބަހުން، މުޅި މިޤައުމަށް މޭރުންކޮށްދެއްވި. ބިންގާ: ‘އިސްލާމްދީން’ ތަރައްޤީއާއި، ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުވެފައިވާ، ތަހުޒީބު ދިވެހީންގެރާއްޖެއަކަށް އެމަނިކުފާނު ދިވެހީންނާއެކު ފައްޓަވާފައިވާ ދަތުރުފުޅުގައި، އެތައް ވެރިކަމަކުން، ފުނޑުފުނޑުކޮށް ހަލާކުކޮށްލާ، ޤައުމެއްގެ ޤައުމީސިފަ ގެއްލުވާލާ، ގައުމީވަންތަކަމާއި ދިވެހީންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ނެތިކޮށްލާފައިދިޔަ މިޤައުމު، އަލުން ބިނާކުރުމުގެ މަސައްކަތުގެ ބިންގަލަކީ، އިސްލާމްދީން. އިސްލާމީ ރިވެތި އުސޫލުތަކާއި ހަމަތައް. ތަނބުތައް: (8 ތަނބު/ ދާއިރާ) 1. މިނިވަން ރާއްޖެ: ޤައުމިއްޔަތާއި ޤަޢުމުގެ އަމިއްލަވަންތަކަމާއި އިސްތިޤުލާލު ހުރިހާ މާނައެއްގައި ރާއްކާތެރިކުރެވި ކަށަވަރުކުރެވިފައިވާ ރާއްޖެ 2. ފުދުންތެރި ރާއްޖެ: ދެކޮޅުޖެއްސޭ، އިތުރުކުރެވޭ، އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ، މިނިވަން، ތަނަވަސް، ތިޔާގި ރާއްޖެ 3. ހަމަހަމަ ރާއްޖެ: ތަފާތު ކުރުމެއްނެތި، ހުރިހާ ދިވެހީންނަށް ހަމަހަމަ ފުރުސަތުތައް އޮންނަ، ހުރިހާ ދިވެހީންގެ ބައިވެރިވުމާއި ޝަމިލުވުން އޮންނަ ރާއްޖެ 4. ވިލުންތެރި ރާއްޖެ: ތިމާވެށީގެ ގޮތުންވިޔަސް، އިގްތިސާދީ ގޮތުންވިޔަސް އަދި އެހެން ގޮތްގޮތުންވެސް ދިމާވާ ދަތި އަދި އުނދަގޫ އެންމެހާ ކަންކަމުން އަރައިގަނެ އިހު ހުރި ހާލަތަށް ރުޖޫއަވުމުގެ ޤާބިލުކަން ހުންނަ ރާއްޖެ 5. ގުޅިލާމެހިފާ ރާއްޖެ: ޖަޒީރާ ގައުމެއް ނަމަވެސް، ދަތުރުފަތުރާއި، ޚިދުމަތަތްތަކާއި އެހެނިހެންވެސް ހުރިހާ ގޮތަކުން އަދި ކަމަކުން ގުޅިލާމެހިފައިވާ ރާއްޖެ 6. އުފެއްދުންތެރި ރާއްޖެ: ތަފާތު އައު ވިސްނުންތަކާއި ހުނަރުތަކާއި ފަންނުތަކަށް ޖާގަ ލިބޭ، ވަސީލަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރެވޭ، މަސައްކަތްތެރި ނަތީޖާ ނެރެދޭ ރާއްޖެ 7. އިތުބާރުއޮތް ރާއްޖެ: މުޅި ނިޒާމަށް، ޖުޑިޝަރީއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ސަރުކާރަށާއި މިނިވަން މުޢައްސަސާތަކަށާއި އަދި މުޅި ދައުލަތުގެ ހުރިހާ ދިމާލަކަށް ބެލިކަމުގައިވިޔަސް، ދިވެހި ލޮބުވެތި ރައްޔިތުންނާއި ބޭރުގެ ފަރާތްތަކުންވެސް، އިތުބާރާއި ޔަގީންކަން އޮންނަ ރާއްޖެ 8. ދުޅަހެޔޮ ހުނަރުވެރި ރާއްޖެ: ސިއްޙީގޮތުން ދުޅަ ހެޔޮ، ހަށިހެޔޮ، ހުނަރުގެ ގޮތުން ވަށާޖެހޭ ސިޔާސަތުތަކަކާއެކު، ކުރިއަރާފައިވާ ރާއްޖެ ހިޔާވަހި: އިޙުތިރާމު ތަހުޒީބު މުޖުތަމަޢެއް ހޯދޭނީ، އެއްބަޔަކު އަނެއް ބަޔަކަށް، އެކަކު އަނެކަކަށް އިޙުތިރާމްކުރާ ރާއްޖެއެއް ބިނާކޮށްގެން. އެފަދަ ވަރަގަދަ ހިޔާވައްސެއް ޤާއިމްކޮށްގެން. ދިވެހީން ބޭނުންވާ ތަރައްޤީ ހާސިލުވެފައިވާ، ހަމަޖެހުން ޤާއިމްވެފައިވާ، ރައްކާތެރިކަން ކަށަވަރުވެފައިވާ، ޤައުމެއް ހޯދޭނީ، އިސްލާމްދީނުގެ ފުން ބިންގަލުގެ މަތީގައި މި 8 ތަނބުގެ މަތީގައި މި 8 ދާއިރާއިން، އިހްތިރާމުގެ ފުރިހަމަ ހިޔާވަހިކަމެއްގައި، މިގައުމު ބިނާކޮށްގެން. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިޚްލާސްތެރިކަމާއެކު، ފުރިހަމަ ގޮތުގައި، އެއަދާ ކުރައްވަނީ އެޒިންމާ. އެމަސްޢޫލިއްޔަތު. ވަރުބަލިކަމެއް، ފޫހިކަމެއްނެތި، ދެކޮޅުވެރީން ފަތުރާ ދޮގު ވާހަކަތަކަށް ބެލުމެއްނެތި، އެއަދާ ކުރައްވަނީ، ދިވެހީން އެމަނިކުފާނާއި ހަވާލުރެއްވި މަސައްކަތް. އަންނާން އޮތް ޖީލުތަކަށް މިޤައުމު، ޤައުމެއްގެ ގޮތުގައި ފޯރުކޮށްދެވޭނީ އޭރުން. ދިވެހީންނާއި ދިވެހީންގެ ދަރީންނާއި ދިވެހީންގެ ދަރީންގެ ދަރީން ފަޚުރުވެރިވާ ރާއްޖެއެއް، ‘ދިވެހީންގެރާއްޖެ’ އެއް، ކަށަވަރު ކުރެވޭނީ، މިމަގުން މުޅި ޤައުމު އެކުގައި މަސައްކަތްކޮށްގެން. #muizzu2028

Minivan kamuge RAIY RONGU evves faraathakah huraheh nukureveyne! #hafthaa156

ފަތުރުވެރިކަމަށް އެރި ލޮޅުމުން އަރައިގަނެވިއްޖެ، އަމާޒަކީ އަންނަ އަހަރު 2.5 މިލިއަން ފަތުރުވެރިން ގެނައުން: ރައީސް farudhun.com/article/23124

ތަހުޒީބު މުޖުތަމަޢެއް ބިނާކުރާނެ ގޮތް ވަރަށް ތިލަކޮށް ރައީސް ވިދާޅުވެދެއްވައިފި #hafthaa156

Islam Dheenaa Hilaafuvaane evves gannooneh noonee gavaidheh Nuhedheyne! #hafthaa156

ރަމަޟާންމަހުގެ ފަހު 15 ގައި ގަމުން ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ފަށަނީ. ޙައްޖު ކޯޕަރޭޝަންގެ ފަހެލި ޕޯޓަލް އަދި ވެބްސައިޓުން ޢުމްރާއަށް ޖާގަ ކަށަވަރުކުރެއްވޭނެ! ވެބްސައިޓް ލިންކް ☜: hajj.mv/dv

ދިވެހިރާއްޖޭގެ އިން ބޮޑުކޮށް، ދިވެހިރާއްޖޭގެ އިމަކީ އީއީޒެޑާ ހަމައަށް ކަމަށް ވާނީ ކަނޑައަޅާފައި #hafthaa156

ފިހޭވަރަށް ހޫނުކޮށް ހުންނަ، އަމުދުން ސިޔާސީ ގޮތުން “އަތްލާން ނުވާ ވަރުގެ ކަން ކަން” ރައީސް މުޢިއްޒު ގެންދަވަނީ ކުރައްވަމުން! މިއީ ޤައުމުގައި ހުރި މައްސަލަތަކުގެ އަސްލު ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާތީ ކުރާ ކަންކަން. ވޯޓުކޮޅެއް ބޭނުން ނަމަ އެންމެން ހިތްހަމަޖެހޭ ކަހަލަ ކަންކަން ކޮށްލަ ކޮށްލާ ހުރެވުނީސް.. 📷 އިސްރާއީލު ޕާސްޕޯޓު މަނާ ކުރުން. 📷 ވަކި ޢުމުރުފުރަޔެއްގެ ދިވެހިން ދުންފަތުގެ އިސްތިޢުމާލުކުރުން ޤާނޫނަކުން މަނާކުރުން. 📷 ބޭރު ފައިސާ މާރުކުރުމުގެ ޤަވާޢިދު ފުރަތަމަފަހަރަށް (ގާތްގަނޑަކަށް އުފެއްދިތާ 40 އަހަރު ފަހުން) އިޞްލާޙުކޮށް، ޤާނޫނަކަށް ބަދަލުކުރުން. #hafthaa156 See less

ވޭތުވެދިޔަ 3 އަހަރު ދައުލަތުގެ ސީދާ ދަރަނި އަދާކުރުމަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފި #hafthaa156

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް އަދި ޚާއްޞަ އިނާމު 57 ބޭފުޅަކަށް ދެއްވުމަށް ނިންމަވައިފި presidency.gov.mv/Press/Arti…

ދިވެހިރާއްޖޭގައި ތިބި ބިދޭސީންގެ %99 މީހުންގެ 10 އިނގިލީގެ ބަޔޯމެޓްރިކްސް ނެގިއްޖެ (މިއީ ދުނިޔޭގެ %1 ޤައުމުގައި ހާސިލުކުރެވިފައިވާ މިންގަނޑެއް) #hafthaa156

މި ސަރުކާރުން ޤާއިމްކުރި ފަރޓިލިޓީ ސެންޓަރުން ކާމިޔާބުކަމާއެކު ފަރުވާ ލިބިފައިވާ އެތައް ދެމައިންނެއް އެބަތިބި: ރައީސް ޑރ.މުޢިއްޒު

#ސަރުކާރަށްތިނެއް: ޤައުމިއްޔަތު މާއްދާއަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައަޅައިފި
